ads
ސްކޫލެއްގެ ހޯލުގައި ދަރިވަރުން
ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ރައީސް މުއިއްޒު ނިންމަވައިފި
ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ރައީސް މުއިއްޒު ނިންމަވައިފިއެވެ.
Advertisement

ރައްޔިތުންނާއެކު ބޭއްވުނު ޕޮޑްކާސްޓެއްގައި "ކޫލް ސްކޫލް" މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކްލާސްރޫމްތައް އޭސީ ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ތެރެއިން 3704 ކްލާސްރޫމް އޭސީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާއިރު، މިހާރު ގާތްގަނޑަކަށް 800 ކްލާސްރޫމުގައި އޭސީ ހަރުކުރެވިފައިވާ ކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއަހަރު ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށާއި، އެހާ ހިސާބަށް މަސައްކަތް ނުނިމުނު ކަމުގައިވިޔަސް މިއަހަރު ތެރޭ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކުރެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުމަކީ ކުރިން ސަރުކާރުން ވެފައިވާ ވައުދެއް ނޫންނަމަވެސް، މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި،" ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ހޯލްތަކަކީ ދަރިވަރުންގެ ހަރަކާތްތަކަށް ބޭނުންކުރާ ތަނެއްގެ އިތުރުން ގިނަ ރަށްރަށުގައި ރައްޔިތުންގެ ޖަލްސާތަކާއި އިންޑޯ ހަރަކާތްތަކަށް ބޭނުންކުރާ މަލްޓިޕާޕަސް ހޯލެއްކަމަށް ފާހަގަކުރައްވައި، މިމަސައްކަތުން ރަށުގެ ރައްޔިތުންނަށްވެސް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

"ކޫލް ސްކޫލް" މަޝްރޫއާ ގުޅިގެން ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް އޭސީކޮށް، އެ ކަރަންޓު އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް