ads
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށުން
ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް – ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ-ޗަލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
Advertisement

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އެވެ. 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ހިދުމަތްދެވޭނެއެވެ. އެގޮތުން ފްލައިޓް ޓަރން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެއެވެ.

މި މަސައްކަތް ފެށުމަށް މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާރޖް ޑެފެއާޒް ހެ ފެން،  އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީޔޫސީޖީ ގެ ޗެއާމަން ލީ ވެއިޑޮން އަދި އެމްއޭސީއެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން  ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ސަރުކާރުން އެއަރޕޯޓް ތަރައްގީ ކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބީޔޫސީޖީ އާއި އެމްއޭސީއެލް އެކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަ ކުރައްވާ، އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ. ބީޔޫސީޖީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓަރމިނަލް، ވީއައިޕީ / ސީއައިޕީ ޓާމިނަލް، ކަާގޯ ޓާމިނަލް އަދި ފިއުލް ފާމް ހިމެނެއެވެ. މިއަދު އަމަލީ މަސައްކަތް ފެށި ޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ. މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަރޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީޔޫސީޖީ ގެ ޗެއާމަން ލީ ވެއިޑޮން ވިދާޅުވީ އެމްއޭސީއެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނަރޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީޔޫސީޖީ ގެ ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ. 

ޓެކްސީވޭ ޗާލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ހާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ހާލަތަށް ގޮސްފައިވެއެވެ. އެތައް ދުވަހެއްގެ ޚިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ޤައުމުގެ ތަރައްޤީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް