ads
ރެނޫ ދެސާަންއީ
ސިންގަލްކޮށް 13 އަހަރު ހުރި ސަބަބަބު ރެނޫ ދެސާއީގެ ކިޔައީދީފި
ޓެލުގު ސުޕަސްޓާ އަދި އާންދުރާ ޕުރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޕަވަން ކަލިޔާންގެ ކުރީގެ އަންހެނުން ރެނޫ ދެސާަންއީ، އެކަނިވެރި މަންމެއްގެ ގޮތުގައި ސިންގަލްކޮށް ދިރިއުޅެންނިންމި ސަަބަބު ހާމަކޮށްފިއެވެ.
Advertisement

ނިހިލް ވިޖަޔެންދުރާ ސިމްހާގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، 2012 ގައި ވަރިވުމަށްފަހު އަލުން ކައިވެނިކުރުމަށް ޝައުގުވެރިނުވި ސަބަބު ސާފުކޮށްދިނެވެ. ދެސާއީ ބުނީ އޭނާގެ ދަރިން ކަމަށްވާ އަކިރާ ނަންދަން އަދި އާދިޔާގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އަމިއްލަ އުފާ ފަސްކޮށްފައިވާ ކަމަށެވެ.

"އަހަރެންނަށްވެސް ޕާޓްނަރެއް ބޭނުން، އެކަމަކު ދަރިންނާމެދު އޮންނަ ޒިންމާދާރުކަން އެކަމަށް ހުރަސްއަޅާ" ކަމަށް ދެސާއީ ބުނެފައިވެއެވެ.

ޚާއްސަކޮށް އޭނާގެ ދަރިފުޅު އާދިޔާ 18 އަހަރު ވެ ކޮލެޖަށް ދިއުމަށްފަހު އަލުން ގުޅުމެއް ފަށަން ވިސްނާނެކަމަށް ދެސާއީ ފާހަގަކޮށްފައިވެއެވެ. 2018 ގައި އަލުން ކައިވެނިކުރަން އެންގޭޖްވެފައިވީނަމަވެސް، ދަރިފުޅުގެ މަސްލަހަތަށްޓަކައި އެކަން ކެންސަލްކުރިކަންވެސް ހާމަކޮށްފައިވެއެވެ. 

"ކުދިން ތިބޭއިރު އެހެން މީހަކު އެ ގުޅުމަށް ވަނުމަކީ ވަރަށް ސެންސިޓިވް ކަމެއް" ކަމަށް ދެސާއީ ބުނެފައިވެއެވެ.

ދެސާއީ އިތުރަށް ހާމަކޮށްފައިވަނީ ޕަވަން ކަލިޔާންގެ ބައެއް ފޭންސްގެ ފަރާތުން އޮންލައިންކޮށް ދިމާވާ ފާޑުކިޔުންތަކާއި ދަތިތަކުގެ ވާހަކައެވެ. 

"އަހަރެންގެ ކުރީގެ ތަޖުރިބާތަކުގެ ޓްރޯމާ އަދިވެސް އެބައޮތް. އެ ބުރަ ދުވަހަކުވެސް ނުފިލާނެ..." ކަމަށް ދެސާއީ ބުނެފައިވެއެވެ.

ވަރިވުމަށްފަހު އަންހެނުންނަށް ގިނަފަހަރު ފާޑުކިޔާކަމަށާއި، އޭނާގެ އަގު އެހާ ބޮޑަށް ވެއްޓުނީ އޭނާއަކީ މަޝްހޫރު މީހަކަށް ނުވާތީކަމަށް ވެސް ބުނެފައިވެއެވެ. 2009 ގައި ކައިވެނިކޮށް 2012 ގައި ވަރިވި ދެމަފިރިން މިހާރު ދަރިންގެ ޒިންމާ ބަހާލައިގެން އުފުލަމުންދާއިރު، ދެސާއީ މިހާރު މަރާތީ ސިނެމާގައި މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް