ads
ވީއައިއޭގެ އާ ފިއުލް ފާމް ރައީސް މުއިއްޒު ހުޅުވާދެއްވަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު: ރައީސް މުއިއްޒު ތަހުނިއްޔާ ފޮނުއްވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިއްޔާ ފޮނުއްވައިފިއެވެ.
Advertisement

ރައީސް އަމިއްލަފުޅު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އެމްއޭސީއެލް) އެހާރާއި މިހާރުގެ ހުރިހާ ހިދުމަތްތެރިންނަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި އުފާވެރި އަހަރަކަށާއި ދުވަހަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 ވަނަ އަހަރު ފުރުމާ ގުޅިގެން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ. ރާއްޖޭގައި ވައިގެ ދަތުރުގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 19 އޮކްޓޯބަރު 1960 ގައި ކަމަށާއި، މައި ވައިގެ ބަނދަރު "ހުޅުލެ އެއަރޕޯޓް" ގެ ހިދުމަތް ހާއްސަ އޮފީހެއްގެ ދަށުން ދޭން ފެށީ 12 އޭޕްރީލް 1966 ގައި ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު ދިވެހިންގެ ފަހުރުވެރި އެއަރޕޯޓު މުޅިން އާ އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެމްއޭސީއެލް އުފައްދާފައިވަނީ 1994 ވަނަ އަހަރު އޭރު މާލެ އިންޓަނޭޝަނަލް އެއަރޕޯޓު ނަމުގައި ހިންގަމުންދިޔަ އެއަރޕޯޓުގެ ބެލެނިވެރި ފަރާތުގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް