ads
"ރަށްވެހީންގެ ސައްލާ" ގެ ނަމުގައި، އއ. އުކުޅަހުގައި ކުރިޔަށް ދާ ބައްދަލުވުން
ލާމަރުކަޒީ ނިޒާމު ކުރިއަރުވަން ރައީސް ދެވަނަ ދައުރަކަށް ހޮވަންޖެހޭ: އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުހައްމަދު މުއިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ "ރަށްވެހީންގެ ސައްލާ" ގެ ނަމުގައި، އއ. އުކުޅަހު ކޮންވެންސަން ސެންޓަުގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި މަޝްވަރާ ބައްދަލުވުމަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސާއި، ޔޫކޭ އިންޓާނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު އުމަރު ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު މި ނިޒާމަކީ ރައްޔިތުން ބަލައި ގަނެފައިވާ އެއްޗެއްކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މި ނިޒާމު އިތުރަށް ފުރިހަމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށެވެ. 

”ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަގާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ " އާދަމް ޝަރީފު ވިދާޅުވިއެވެ.

your imageއއ. އުކުޅަހުގައި ބާއްވާ 'ރަށްވެހީންގެ ސައްލާ' ފޯރަމް ފެށްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދައްކަމުން އައި ނަމަވެސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ވެފައި ވަނީ ސަރުކާރާއި، ކައުންސިލްތަކުން ކުރެވުނު މަސައްކަތްތަކުގައި ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބައިވެރިން ބައިބެރިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް