ads
ސޯނޫކައްކަރު، ނޭހާ ކައްކަރު އަދި ޓޯނީ ކައްކަރު
ސޯނޫ ކައްކަރު އޭނާގެ ކޮއްކޮ ނޭހާ އަދި ޓޯނީ ކައްކަރާއި ގުޅުން ކަނޑާލައިފި
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ކައްކަރު އޭނާގެ ކޮއްކޮ ނޭހާ އަދި ޓޯނީ ކައްކަރާއި އޮތް ގުޅުން ކަނޑާލައިފިއެވެ.
Advertisement

ސޯނޫ ވަނީ އެކްސް މެދުވެރިކޮށް، އޭނާގެ ކޮއްކޮއިންކަމަށްވާ ނޭހާ ކައްކަރު އަދި ޓޯނީ ކައްކަރާ ގުޅުން ކަނޑާލާ ކަމަށް ބުނެފައެވެ. 

ސޯނޫ ބުނީ މި ނިންމުމަކީ "ފުން އިހުސާސްތަކުގެ ވޭނުން" އަންނަ ނިންމުމެއް ކަމަށާއި، އޭނާ މިއަދު ވަރަށް ބޮޑަށް ހިތްދަތިވެފައިވާ ކަމަށެވެ.

ކައްކަރު އާއިލާގެ ތިން ކުދިން ކަމަށްވާ ސޯނޫ، ޓޯނީ އަދި ނޭހާ އަކީ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް މަޝްހޫރު ތިން ކުދިންނެވެ. އެމީހުން ވަނީ ގިނަ ލަވަތަކުގައި އެކުގައި މަސައްކަތްކޮށްފައެވެ. ސޯނޫ ވަނީ ޓޯނީ ކޮމްޕޯސްކުރި ގިނަ ލަވަތަކެއް ކިޔާފައެވެ. އޭގެ ތެރޭގައި "އަކިޔާން ނޫ ރެހްން ދޭ"، "އަރބަން މުންޑާ"، "ފިރް ތެރީ ބަހޯން މެއިން" ފަދަ ލަވަތައް ހިމެނެއެވެ. އަދި ނޭހާއާއެކުވެސް ސޯނޫ ވަނީ "ލަންޑަން ތުމަކްދާ" އަދި "ބްލޫ ތީމް" ފަދަ ބޮލީވުޑް ލަވަތައް ކިޔައިފައެވެ. 

ސޯނޫގެ މި ނިންމުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނާގޮތުން މިއީ އާ ޕްރޮޖެކްޓަކަށް ކުރާ ޕްރޮމޯޝަނެކެވެ. އަނެއްބައި މީހުން އުންމީދުކުރަނީ އަލުން އެމީހުންގެ ގުޅުން ރަނގަޅުވާނެ ކަމަށެވެ. ސޯނޫގެ ޕޯސްޓުގައި އޭނާ ގުޅުން ކަނޑާލަން ނިންމި ސަބަބެއް ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، ނޭހާ އަދި ޓޯނީ މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް