ads
ދިރާގު ރޯޑް ރޭހުގެ ތެރެއިން--
ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި
ދިރާގު ރޯޑް ރޭސްގެ 14 ވަނަ ދުވުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
Advertisement

ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކުރަން ނިންމީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިފައި ކަމަށް ދިރާގުން ބުނެއެވެ. 

މީގެ އިތުރުން މި ބަލި މުޖުތަމައުގައި އިތުރަށް ފެތުރުނަ ނުދިނުމަށާއި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަށް، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

މި ހަރަކާތް މި އަހަރު ނުބާއްވާ ފަސްކުރަން ނިންމި ނިންމުމަކީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެހެން ނަމަވެސް މި ބަލިމަނޑުކަމުން އަރައިގަނެވުމުން އަންނަ އަހަރު މި ރޭސް އިތުރު ފުރިހަމަ ކަމާއެކު ބާއްވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މެދުކެނޑުމެއް ނެތި 13 އަހަރު ކުރިއަށް ގެންގޮސްފައިވާ މި ރޯޑް ރޭސް އަކީ ރާއްޖެ އާއި ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ރޭހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް