އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޓިމާއި މަޝްވަރާތައް ފަށާފައިވާކަމަށެވެ. އެގޮތުން ޓިކްޓޮކް ބޭނުން ކުރާ މީހުންނަށް ފައިސާ ހޯދޭނެ ގޮތް ނުވަތަ ޑިޖިޓަލް މޮނިޓައިޒޭޝަންގެ އާ މަގުތައް ހުޅުވައިލުމަށްޓަކައި ދުނިޔޭގެ މި މަގުބޫލު ސޯޝަލް މީޑިއާ ނެޓްވޯކާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ޓިކްޓޮކް ވެރިން މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓިކްޓޮކުން އާމްދަނީ ހޯދާ ނަމަ ޓިކްޓޮކް ކްރިއޭޓާ މާކެޓްޕްލޭސް އެކައުންޓެއް ހުޅުވަންޖެހެއެވެ. މާކެޓް ޕްލޭސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 10،000 ފޮލޯވަރުން ތިބި މީހަކަށެވެ. އަދި އެމީހެއްގެ ވީޑިއޯތަކަށް ފާއިތުވި 30 ދުވަހުގެ ތެރޭގައި ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވާންޖެހެއެވެ.