ads
ބްރެޒިލްގެ ރޮނާލްޑޯ އަދި ޕޯޗުގަލްގެ ރޮނާލްޑޯ
އެންމެ މޮޅީ ކޮން ރޮނާލްޑޯއެއް؟
ބްރެޒިލްގެ ރޮނާލްޑޯއާއި ޕޯޗުގަލްގެ ރޮނާލްޑޯއާ ދެ ކުޅުންތެރިންގެ ތެރެއިން މޮޅީ ކޮން ކުޅުންތެރިއެއްތޯ މިއީ ފުޓްބޯޅައަށް ސަޕޯޓް ކުރާ ފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ކުރެވޭ ސުވާލެކެވެ. މި ސުވާލަށް އެންމެ ފަހުން ޖަވާބުދިން އެއް ތަރިއަކީ، ބްރެޒިލްގެ ރޮނާލްޑޯއާއި އެކު ކުޅުނު އިޓަލީގެ ކްރިސްޓިއަން ވިއޭރީއެވެ.

ބްރެޒިލްގެ ރޮނާލްޑޯގެ ރަން ޒަމާނުގައި، ނަވާރަ ސަތޭކަ ނުވަދިހަ ހަތަކުން ދެހާސް ދެވަނަ އަހަރާއި ހަމައަށް އިޓަލީގެ އިންޓަމިލާނަށް ރޮނާލްޑޯއާއި އެކު ކުޅުނު ވިއޭރީގެ ނަޒުގައި ޕޯޗުގަލްގެ ރޮނާލްޑޯއަށްވުރެ ބްރެޒިލްގެ ރޮނާލްޑޯ މާ މޮޅެވެ. ރޮނާލްޑޯއާ އެކު ކުޅުނު ވިއޭރީ ބުނި ގޮތުގައި ރޮނާލްޑޯއަކީ ހަލުއި، އަދި އެހާމެ ވަރުގަދަ ފޯވާޑެކެވެ.

"އަހަރެން ރޮނާލްޑޯއާ އެކު ކުޅުނިން. އޭނާއަކީ ހަލުއި އަދި ވަރު ގަދަ މީހެއް. ބޯޅައަށް ބޭނުން ކޮންމެ ގޮތެއް ހަދާލުމުގެ ގާބިލުކަން ހުރި މީހެއް އޭނާއަކީ. އަހަރެންގެ ނަޒުގައި ޕޯޗުގަލްގެ ރޮނާލްޑޯއަށްވުރެ ބްރެޒިލްގެ ރޮނާލްޑޯ މާ މޮޅު."

ދެފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށް އަދި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ބްރެޒިލްގެ ރޮނާލްޑޯއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވިއޭރީ ދުށް ނަމަވެސް، ޕޯޗުގަލްގެ ރޮނާލްޑޯއަށްވެސް އޭނ ތައުރީފު ކުރިއެވެ. ޕޯޗިގަލްގެ ރޮނާލްޑޯއަށް ވޯލްޑްކަޕް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ޔޫރޯ ކާމިޔާބުކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ފަސް ފަހަރު ހޯދާފައެވެ.

"ތެދެެއް ކްރިސްޓިއާނޯއަކީވެސް ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިއެއް. އޭނާއަކީ ހަނގުރާމައިގެ މެޝިނެއް ކަހަލަ މީހެއް. އަހަރެން ބުނާނީ އޭނާ ސާޅީސް އަހަރުވަންދެންވެސް އެ ފެންވަރުގައި ކުޅޭނޭ."

ދެ ކުޅުންތެރިންނަކީވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ކުޅެ ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކުޅުންތެރިންނެއް ކަމަކު، މިއީ މުޅިން ދެ ޒަމާނެއްގެ ދެ ކުޅުންތެރިންނެވެ. ޕޯޗުގަލްގެ ރޮނާލްޑޯ މަޝްހޫރުވީ ބްރެޒިލްގެ ރޮނާލްޑޯ ކުޅުން ހުއްޓާލި ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް