ads
ފެނަކަ
ފެނަކަ ޕެޓީކޭޝްއިން 6 ލައްކަ ރުފިޔާއަށް ހިޔާނާތްވި މައްސަލަ، ޕީޖީއަށް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި އެތަނުގެ ކުރީގެ އިސްވެރިންތަކެއް މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ.
Advertisement

އޭސީސީން ބުނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު ސާތިޝް ސައީދު އާއި، ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ސީނިއާ އިންޖިނިއަރު މުހައްމަދު ޢާސިދު ކުރީގެ ސުޕަވައިޒަރެއްކަމަށްވާ ހުސައިން އާސިރުގެ މައްޗަށްކަމަށެވެ. 

ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް، އަހްމަދު ސާތިޝް ސައީދު  އާއި، މުހައްމަދު ޢާސިދު އަދި ހުސައިން އާސިރު ބޭނުންކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ. 

މި މައްސަލައިގައި މި މީހުންގެ މައްޗަށް ދައުވާކުރަން އެދިފައިވަނީ ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ.

އަދި މި މައްސަލައިގައި، 623,208.80 ރުފިޔާ (ހަސަތޭކަ ތޭވީސް ހާސް ދުއިސައްތަ އަށް ރުފިޔާ އަށްޑިހަ ލާރި) އަނބުރައި ހޯދުމަށް ފެނަކައަށް އަންގާފައިވާކަމަށް އޭސީސީން ބުނެއެވެ. 

އަދި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭތީ، އެކަން ތަހުގީގުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވުމަށް ނިންމާފައިވާކަމަށް އޭސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް