ads
ރ. އިނގުރައިދޫ
ރަށު މީހުން މިދިލިއޮށް ހޮވާތީ އިނގުރައިދޫ ކައުންސިލް ރަތަށް، ނުހޮވަން އަމުރެއް
ރ. އިނގުރައިދޫ މީހުން ރަށުތެރެއިން މިދިލި އޮށް ހޮވާތީ އެކަން ކުރުން އެރަށު ކައުންސިލުން ރައްޔިތުންނަށް މަނާކޮށްފިއެވެ.
Advertisement

އިނގުރައިދގައި އެރަށުގެ ގިނަ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި މިދިލިއޮށް ހޮވުމުގެ ފުރުސަތު ދިނުމަށް ކޮންމެ މަހެއްގެވެސް އެއްދުވަހު އޮށް ހޮވުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަނީ ކަނޑައަޅާފައެވެ. ދެން ބާކީ ހުރި ދުވަސްތަކުގައި އޮށް ހޮވުމަކީ މަނާކަމެކެވެ. 

އިނގުރައިދޫ ކައުސިލުން އާއްމުކުރި އިއުލާނެއްގައި ބުނީ އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ކަނޑައަޅާ ވަކިދުވަސްތަކެއް ފިޔަވާ އެހެނިހެން ދުވަސްތަކުގައި މިދިލިއޮށް ހޮވުމަކީ މަނާކަމެއްކަން ތަކުރާރުކޮށް ކޮމެޓީން ރައްޔިތުންނަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިނޫން ދުވަސްތަކުގައި މިދިލިއޮށް ހޮވާކަމުގެ ޝަކުވާ އެ ކޮމެޓީއަށް ލިބެމުންދާކަމަށް ކައުންސިލުން ބުނެއެވެ. 

ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ފިޔަވާ އެހެނިހެން ތަންތަނުގައިވާ ހެދިފައިވާ މިދިގަސްދޮށް ކުނިކަހާ ސާފުކުރިނަމަވެސް، ގަސްދޮށަށް ފައިބައިފައި ހުންނަ އޮށް ހޮވުމަކީ މަނާކަމެއްކަމަށް އިނގުރައިދޫ ކައުންސލުން ގެޒެޓްގައި އާއްމުކުރި އިއުލާންގައިވެއެވެ. 

އެހެންކަމުން އެ އެންގުމާއި ހިލާފު ނުވުމަށް ރަށު ރައްޔިތުންނަށް ވަނީ އަންގާފައެވެ. 

މީގެކުރިން މިދިޔަ އަަހަރުވެސް މިދިލިއޮށް ހޮވުމުގެ މައްސަލަ އިނގުރައިދޫގައި ބޮޑުވިއެވެ. އަދި އުސޫލާއި ހިލާފަށް މިދިލިއޮށް ހޮވާނަމަ ފިޔަވަޅު އަޅާނެކަމަމުގެ އިންޒާރުވެސް އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މިދިޔަ އަހަރު ވަނީ ދީފައެވެ. 

56%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް