ads
އަހަރީ ދުވަސް ފާހަގަކުރަން މާދަން ސިފައިން ބޭން ޖަހަނީ
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މާދަމާ މާލޭގައި ބޭން ޖަހާނެކަމަށް ގައުމީ ދިފާއި ބާރުން ބުނެއެވެ.
Advertisement

މާދަމާ ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ މުހައްމަދު މުއިއްޒުކަމަށް ގައުމީ ދިފާއީ ބާރުން ބުނެއެވެ. 

މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެއެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާނެކަމަށް އެމްްއެންޑީއެފުން ބުނެއެވެ. 

ޕްރޭޑް މަޑުކުރާ ސަރަހައްދުތައް

  • އަމީރުއަހްމަދުމަގު / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި
  • ސޯސަންމަގު / ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
  •  މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި
  •  މަޖީދީމަގު / މިލިއަން ބުކްޝޮޕް ކުރިމަތި
  •  ބޮޑުތަކުރުފާނުމަގު / ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި

 މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކުވައިދޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް