ads
ރާއްޖޭގެ ޔުނިވާސިޓީއަކުން ދިން އެންމެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް އަރުވަނީ
ރާއްޖޭގެ ޔުނިވާސިޓީގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓޫކަން ޝެއިޚް އިސްމާއިލަށް
ރާއްޖޭގެ ޔުނިވާސިޓީއަކުން ދިން އެންމެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.
Advertisement

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) މި ޝަރަފު އެރުވި އިސްމާއިލް މުހައްމަދަކީ އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައަިވާ ބޭފުޅެކެވެ. 

މި ލަގަބު ޝައިހް އިސްމާއިލަށް އަރުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ޝެއިހް އިސްމާއީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރު ދ. މީދޫ އަށެވެ. މިހާރު އުމުރުން 90 އަހަރު ވެފައިވާ ޝައިހް އިސްމާއީލްއަކީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރުވެސް ވެސް މެ އެވެ. އެއީ 1972 ވަނަ އަހަރުއެވެ.

your imageރާއްޖޭގެ ޔުނިވާސިޓީއަކުން ދިން އެންމެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް އަރުވަނީ 

އޭގެފަހުން ޝެއިހް އިސްމާއީލް މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވިއެވެ. އަދި ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ޝެއިހް އިސްމާއިލް ވަނީ ހޯއްދަވައި ދެއްފައިފައެވެ. ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން ޝައިހު އިސްމާއިލްގެ އެހީތެރިކަމާ އެކު ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ތޮއިބާ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާ މެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ މެދު ހިޔާލި ތަފާތުވުން އުފެދި ޝެއިހް އިސްމާއިލް ވަނީ ރާއްޖެ ދޫކުރައްވާ ޕާކިސްތާނަށް ވަޑައިގެންފައެވެ. އެ ގައުުގައި ހުންނަނާ ސެއިހް އިސްމާއިލް ވަނީ ޖާމިއާ ސަލަފިއްޔާގެ ވަޒީފާއަށް 

ޝައިހު އިސްމާއިލް ވަނީ މިހާތަނަށް ދީނީ 40 ފޮތް ނެރުއްވައިފައެވެ. އޭރުގެ އުފެދުނު ގޮންޖެހުންތަކުގައި ޝެއިހް އިސްމާއިލް ވަނީ ގޭބަންދުގައި ވެސް ދުވަސްތަކެއް ހުންނަވަން ޖެހިވަޑައިގެންނެވި އެވެ.

your imageސެއިހް އިސްމާއިލް ހުޅުމާލޭގައި އަޅާ މިސްކިތުގެ ބިންގާ އަޅުއްވާދެނީ 

ޝެއިހް އިސްމާއީލްގެ ފަރާތްޕުޅުން ވަނީ ހުޅުމާލެ ފޭސް އެކެއްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް ފައްޓަވައިފައެވެ.

މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ އެ މިސްކިތަކީ، ޝައިޚް އިސްމާއީލުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. 2000 މީހުންގެ ޖާގައިގެ މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާ ގެ ނަންފުޅަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް