ads
އޯލެވެލް އިމްތިހާން
8000 ވުރެ ގިނަ ކުދިންނާއި އެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
8000 ވުރެ ގިނަ ކުދިންނާއި އެކު މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރުން ބައިވެރިވާކަމަށެވެެ. އޭގެތެރޭގައި ހިމެނެނީ  ކެމްބްރިޖް އިމްތިހާނު ހަދާ 7666 ދަރިވަރުންނާއި   އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7519  ހަދާ ދަރިވަރުންނެވެ. މި އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިޔަށް ގެންދާނެއެވެ. 

މިއަދު ފެށި އޯލެވެލް އިމްތިހާނުން އަންނަ މަހުގެ 11 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. 

މިއަހަރުގެ އިމްތިހާނު ހަދާ ދަރިވަރުންގެ އަދަދު މިދިޔަ އަަހަރަށް ވުރެ އިތުރުވެވެ. މިދިޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ އަދަދަކީ 7،501 އަދި އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ އަދަދަކީ 7،133 ދަރިވަރުންނެވެ.

އޯލެވެލަށް ދަރިވަރުންނަށް ފީ ދައްކާ އުސޫލަށް 2023 ވަނަ އަހަރު ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލާއިއެކު ކޮންމެ ދަރިވަރަކު ވެސް މަޖުބޫރު 4 މާއްދާގައި އިމްތިހާނުގައި އިށީނަންޖެހެއެވެ. 

މީގެކުރިން ސަރުކާރުން ފީ ދައްކަމަުން އައީ މޮކް އެގްޒާމުން ފާސްވާ ދަރިވަރުންނަށެވެ. މޮކްއެގްޒާމުން ފާސްނުވާ ދަރިވަރުން އިމްތިހާނުގައި އިށީނަންޖެހެނީ އަމިއްލައަށް ފީ ދައްކައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް