ads
އެސްޓީއޯގެ ފާމަސީއަކުން ހިދުމަތް ދެނީ: - ފޮޓޯ:އެސްޓީއޯ
ރާއްޖޭގެ އަސާސީ ބޭހުގެ 99 ޕަސަންޓު އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށްފި
ރާއްޖޭގައި ބޭނުންކުރާ އަސާސީ ބޭހުގެ 99 ޕަސަންޓު އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިކަމުގެ އެންމެ ފަހުގެ މައުލޫމާތު މިއަދު ހާމަކުރައްވަމުންނެވެ.

ހެލްތު މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖޭގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި 480 އެއްހާ ބޭސް ހިމެނޭއިރު، އޭގެ 99 ޕަސަންޓު އެސްޓީއޯ ނިޒާމުގެ ތެރެއިން އެތެރެކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ގާތްގަނޑަކަށް 5000 އެއްހާ ބޭސް ހިމެނޭއިރު، މިހާރު މަސައްކަތް ކުރަމުންދަނީ އެސްޓީއޯގެ ނިޒާމުގެ ތެރެއިން އެކަނި 1200 ބޭސް ގެނައުމަށެވެ. މިހާރު ގިނަ ބޭސް ހުރީ ރާއްޖޭގައި ކަމަށާއި އަނެއްބައި ބޭސް އައުމުގެ މަގުމަތީގައި އުޅޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބޭހުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެސްޓީއޯ ބޭސް ސަޕްލައި ހަރުދަނާކުރުން ކަމަށާއި، އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ތެރެއިން ބޭސް ރަޖިސްޓްރީކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި އެކަމަށް މުވައްޒަފުން ހަމަޖައްސަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް