ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ ހޯޕް އައިލެންޑާއި މައި ޖަލު އުތުރު ތިލަފަޅުގައި ތަރައްގީ ކޮށްދޭނެ ބަޔަކަު ހޯދުމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މި ދެ މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަށް ހަތަރު ގޮތަކަށް ޕްރޮޕޯޒަލް ހުށައެޅިދާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޝްރޫއު ހިންގަން ހުށައެޅޭ ތިން ގޮތް
މަޝްރޫއު ހިންގުމަށް ޕްރޮޕޯޒަލް ހުށައެޅޭ ގޮތްތަކުންގެ ތެރެއިން ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަކަށް ބަދަލުގެ ދ. ވާނީ އާއި އެ ރަށާ ގުޅިފައިވާ ފަޅު އަދި އިތުރު ދެ ފަޅެއް ދޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ހައިބުރިޑް މޮޑެލް ނުވަތަ ބިން ހިއްކުން ހިމެނޭ ގޮތުން އިމާރާތް ކުރުމުގެ އެއްބައި ހިންގަން އެދޭ ގޮތަށް ހުށައަޅާ ފަރާތަކަށް ދެ ފަޅު ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ރަށް ހިއްކުމުގެ މޮޑެލްގައި މަޝްރޫއު ހިންގަން އެދޭ ފަރާތްތްކަށް އެ ރަށުގައި ތަރައްގީކުރާ ބައެއް ތަންތަން ހިންގައިގެން ފައިދާ ހޯދޭނެކަމަށް މިނިސްޓްރީން ނެރުނު އިއުލާންގައިވެއެވެ.
ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އުތުރު ތިލަފަުގައި ހަދާ ޖަލަކީ 6،000 މީހުންގެ ޖާގައިގެ ޖަލެއްކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރުން އެތަނަކީ އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ގާއިމުކުރާނެ ޖަލެއްކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މައި ސެންޓަރަލް ޖަލު ހެދުމަށްފަހު ދެން ހުރި ޖަލުތައް ބަންދުކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ޖަލު ހަދާއިރު ފުރިހަމަ ވާންޖެހޭ ކަންކަން
ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑެއްގެ ގޮތުގައި ވަކި ރަށ|ެއް ހަދަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށްކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ހޯޕް އައިލެންޑް ހަދާނީ 15 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެތަން ތަރައްގީ ކުރާ މަރުކަޒަކީ 700 މީހުންނަށް ދިރިއުޅެވޭ ގޮތަށް ތަރައްގީ ކުރާތަނެއްކަމަށެވެ، އެތަނުގައި ކުދިން ބައި ތިއްބާނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލް ހުންނަން ޖެހޭނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.