ads
ދިވެހި އަސްކަރިއްޔާއަށް އެންމެ ފަހުން ގެނައި އުޅަނދުތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ
ސިފައިންނަށް ތަކެތި ހޯދުމުން މަލާމަތްކުރަނީ ގައުމީ ލޯބިނެތް މީހުން: ރައީސް
ސިފައިންނަށް އަސްކަރީ އުޅަނދުތައް ގެނައުމުންއެކަމާއި މަލާމަތްކުރަނީ ގައުމީ ލޯބިނެތް އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރޫ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް މި ސަރުކާރުން ވަނީ ބައެއް އުޅަނދުތައް ގެނެސްފައެވެ. އެގޮތުން ޑްރޯންތަކެއް މީގެ ކުރިން ގެނައިއިރު ދާދި ފަހުން ވަނީ ސިފައިންގެ ހިދުމަތަށް އަލަށް ގެނައި ޓޭންކަރުތައް ދައްކާލާފައެވެ. އަދި ތުރުކީން ހަދިޔާކުރި މިސައިލް މަނަވަރެއް އަންނަ މަހު ރާއްޖެ އަންނާނެކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިތަކެތި ގެނައުމަށް ދިވެހި ސަރުކާރުން ކުރި ހަރަދަުތަކާއި ގުޅިގެން އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިފައިންގެ ފެންވަރު މަތިކުރުމާއި ސިފައިންނަށް ހޯދައިދޭންޖެހޭ ތަކެތި ހޯދައިދީ ބާރުތައް ވަރުގަދަކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫންކަމަށާއި އެއީ ފަހްރުވެރިވާން ޖެހޭނެ ކަންކަން ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ސިފައިންނަށް ތަކެތި ހޯދާދިނުމުން އެކަމާއި ލަދު ގަންނަންޏާ އެމީހެއް ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭކަމަށެވެ. 

" ތިމަންނައަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ، މި ގައުމަށް އުފަންވި މަށް ދިވެއްސެއް ވެއްޖެެއްޔާ ގައުމީ ލޯބި ހުންނަން ޖެހޭނެ. އެ ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހްރުވެރިވާންޖެހޭނެ ދިވެހި ފަހްރުވެރި ދިވެހި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމެއް. މީ ގައުމީ ވާހަކައެއް. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

your imageސިފައިންގެ އަސްކަރިއްޔާއަށް އެންމެ ފަހުން ގެނައި އުޅަނދުތައް 

ރައީސް މުއިއްޒު ވިދާޅުވީ ސިފައިންގެ ކަންކަން ރަނގަޅުކުރުމަކީ އަންނަ އޮތް ޖޯލަށް ރާއްޖޭގެ މިނިވަންކަން ގެންގޮސްދިނުމަށް ފަހްރުވެރިކަމާއި އެކު ކުރަން ޖެހޭކަމެއްކަމަށެވެ. އަދި އެކަމާ މަލާމާތްކުރާ މީހުންނަކީ ގައުމީ ލޯތްބެއް ނެތް އަމިއްލަ އެދުމާއި ސިޔާސީ ބޭނުންމަށް ކޮންމެ ކަމެއްވެސް ކޮށްފާނެ ބައެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އެކަމާއި މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް، އެ ވިސްނުމުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ގައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިޔެއް ވާޖިބެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

your imageސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން 

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަށް ކުރިއެރުން ގެނެސްދިނުމުގައި ކުރާ މަސައްކަތުގައި އެ މަނިކުފާނުގެ ތަސައްވުރަކީ މާދުރު ނޫން މުސްތަގްބަލެއްގައި، ސިފައިންގެ ތެރޭގައި އެއާ ފޯސް އަކާއި ނޭވީއެއްގެ އިތުރުން އާމީއެއްވެސް އުފެއްދުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް