ads
އުތުރު ތިލަފަޅު
ސަރުކާރުގެ އަމާޒަކަށްވާ ސެންޓްރަލް ޖަލު ތަރައްގީކުރާނެ ބަޔަކު ހޯދަނީ
މި ސަރުކާރުގެ މުހިންމު އެއް މަޝްރޫޢެއް ކަމަށްވާ ސެންޓްރަލް ޖަލު އުތުރު ތިލަފަޅުގައި ގާއިމުކުރުމަށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
Advertisement

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، 6000 މީހުންނަށް ހިދުމަތްދެވޭ ގޮތަށް މި ޖަލު ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވިސްނުމަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް އެއްކޮށްލައި މައި އެއް ޖަލަކުން ހުރިހާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 30 ހެކްޓަރުގެ ބިމެއް ހަމަޖައްސާފައިވާއިރު، މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި އެ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތިބޭނެ ތަންތަނާއި ތަމްރީނު ދެވޭނެ ތަންތަނުގެ އިތުރަށް ކުޅިވަރު ކުޅޭނެ ސަރަހައްދުތަކެއްވެސް ތަރައްގީކުރާނެ އެވެ. އަދި ފުލް ސަރވިސް ހޮސްޕިޓަލަކާއި ހެލްތު ޚިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން 1000 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތެއްވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ސެންޓްރަލް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަނާއި ޑިޓޮކްސް ފެސިލިޓީއެއްގެ އިތުރުން ހާފްވޭ ހައުސްއެއްވެސް ގާއިމުކުރުމަށް ނިންމާފައިވާއިރު، ކޯޓު ފެސިލިޓީއަކާއި ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓަރއެއްވެސް އެތަނުގައި ގާއިމުކުރުމަށް ރޭވިފައިވެ އެވެ. ތަފާތު ފަންތީގެ ޖަލުތަކާއެކު ތަރައްގީކުރާ މި ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމަން ގާތްގަނޑަކަށް 3 އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް