ads
ނުރައްކާތެރި އެކްސިޑެންޓެއް ހިންގާފައި
ތިން މަހުގެ ތެރޭގައި މާލެ ސަރަހައްދުން 1000 އަށްވުރެ ގިނަ އެކްސިޑެންޓު
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 1068 އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ފެބްރުއަރީ މަހު ކަމަށެވެ. އެ މަހު މާލެ ސަރަހައްދުގައި 398 އެކްސިޑެންޓު ހިނގާފައިވާއިރު މާލޭގައި އެކަނި 216 އެކްސިޑެންޓު ހިނގާފައިވެއެވެ.

މި މުއްދަތުގައި މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފްސީލަށް ބަލާއިރު، ޖެނުއަރީ މަހު މާލެއިން 152 އެކްސިޑެންޓު ހިނގާފައިވާއިރު ހުޅުމާލެއިން 145 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި މާރޗް މަހު މާލޭގައި 193 އެކްސިޑެންޓު ހިނގާފައިވާއިރު ހުޅުމާލޭގައި 140 އެކްސިޑެންޓު ހިނގާފައިވެއެވެ. ތިން މަހުގެ ތެރޭގައި ވިލިމާލެއިން ޖުމުލަ 4 އެކްސިޑެންޓު ހިނގާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި 49 އެކްސިޑެންޓު ހިނގާފައިވެއެވެ.

މި ހާލަތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެކްސިޑެންޓުތައް މަދުކުރުމަށް އެއްގަމު އުޅަނދުފަހަރު ދުއްވާއިރު މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނީ އަހަރުގެ ފުރަތަމަ ކުއާޓަގައި އެކަނި މިހާ ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ވީމާ، ދުއްވުމުގައި ސަމާލުކަން ދިނުމަށާއި ރައްކާތެރިކަމާއެކު ދުއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް