މިއަދު ކުރި އިއުލާނެއްގައި އައްޑޫ ކައުންސިލުން ބުނީ މި ބިންތައް ދޫކުރަން ނިންމާފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ޕާޓްނާޝިޕްތަކަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
ބިން ކުއްޔަށް ދިނުމުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ކައުންސިލް އިދާރާގައި އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. މި ފުރުސަތު ހުޅުވާލުމަކީ އައްޑޫ ސިޓީގެ ވިޔަފާރިތައް ތަރައްގީކޮށް، އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ކައުންސިލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.