
ހޯމް މިނިސްޓަރި އަލީ އިހްސާނާއި ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމްއެވެ.
މީކާއިލް ކުރައްވާ ސުވާލުގައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސް ބޭނުންކޮށްގެން މީހުންގެ ޝަހްސު އޮޅުވާލައި ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕ.ީއެނ.ްސީ) އަށް މެމްބާޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރ،ު މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އެއްޅުއްވީ ކޮން ފިޔަވަޅެއްތޯއެވެ.
އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތީ ވެސް މީކާއިލް ހޯމް މިނިސްޓާރާ ކުރައްވާ ސުވާލުގައި ހިމެނެއެވެ.
މީގެއިތުރުން އަދަދު ނޫހުގެ ސ.ީއ.ީއޯ ހުސައިން ފިޔާޒް މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ އެ ނޫސްވެރިޔާ ފުލުހަށް ހުށަހަޅާފައިވާ އިރު އޭނާ އަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯވެސް މިކާއިލް ވަނީ ސުވާލުކުރައްވާފައެވެ.
ވެރިކަން ކުރާ ޕީއެންސީއަށް މީހުން ިއތުރުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި އެ މަސައްކަތްކޮށް ފޯމުތައް ފުރިކަމަށް މިނިސްޓަރު އިހްސާން އަދި އެ މިނިސްޓްރީގެ އިސްވެރިން ވަނީ އިއުތިރާފުވެޑައިގެންފައެވެ.