
ވީނަސް، އަދި ސެޓާން ހަނދުގެ މަތީގައި "ލޮލެއް" ފަދައިން ފެންނާނެ ކަމަށާއި ފަޅި ހަނދަކާ އެކު "ހިނިތުންވުމެއް" ގެ ސިފައިގައި ފެންނާނެ އެވެ.
އުޑުމަތިން ފެންނާނެކަމަށް ބުނާ ހިނިތުންވުން
ލަންޑަންގެ ރޯޔަލް އޮބްޒަވޭޓަރީގެ މާހިރު ޖެސިކާ ލީ ބުނެފައިވަނީ އެރޭ ފަތިހު އިރުއަރާ ދިމާލަށް ބަލައިގެން، އިރުއެރުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން ނުވަތަ ބައެއް ސަރަހައްދުތަކުގައި ފަތިހު 5:30 ހާއިރު މި މަންޒަރު ބެލުމަށް އެންމެ ރަނގަޅު ވަގުތުކަމަށެވެ. މި މަންޒަރު ބެލުމަށް ހާއްސަ އެއްވެސް އާލާތެއް ބޭނުން ނުވާނެ ކަމަށާއި، ނަމަވެސް ދުރުމިއެއް ނުވަތަ ކުޑަ ޓެލެސްކޯޕެއް ބޭނުންކޮށްގެން ކުޑަ ހަނދު އިތުރަށް ސާފުކޮށް ބެލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަންޒަރު ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިރުއަރާ ދިމާ ސާފުކޮށް ފެންނަ ތަނެއްގައި ތިބުމަށް މާހިރުން ލަފާދީފައިވެއެވެ. އަދި ސިޓީއެއްގެ އަލިކަމުން ދުރު ތަނެއްގައި ތިބުން ރަނގަޅު ކަމަށްވެސް މާހިރުން ލަފާދެއެވެ. އެރޭ އެވަގުތު ގިނައަދައްގެ ގިނިހިލަ ފެނުން ވެސް އެކަށީގެންވެއެވެ.