
ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދިވަޑަައިގަތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.
މިމިސްޓަރު އިހުސާންއާ ކުރަން ހުށައަޅާފައިވާ ސުވާލަކީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާއި ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރުކުރީ ކީއްވެގެންތޯ އާއި އަދި މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯ އެވެ.
މިނިސްޓަރު ޑރ. ޝިހާމްއާ ކުރަން ހުށައަޅާފައިވާ ސުވާލަކީ ޖިންސީ ކުށުގެ ގާނޫނުގާއި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާ ގުޅޭގޮތުންނެވެ. އެގޮތުން އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައީ ކީއްވެގެންތޯ މި ސުވާލެއެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ފުލުހުން ކުއްލި ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާ އެކަން ހިނގިކަމަށް ފެންނަ ގޮތް ވަނީ ކިޔާދީފައެވެ. އަދި އެ ކުއްޖާގެ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އޭނާ ބަދު އަހްލާގީ އމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.