ads
ދުނިޔޭގެ ފުރަތަމަ އޭއައި ފިލްމު
ފުރަތަމަ އޭއައި ފީޗާ ފިލްމު އިންޑިއާގައި ނެރެފި
އިންޑިއާގައި ފުރަތަމަ ދިގު އޭއައި ފިލްމު ސައުތް އިންޑިއާގެ ޕްރޮޑަކްޝަން ޓީމަކުން ނެރެފިއެވެ.
Advertisement

އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ "ލަވް ޔޫ" ނަމަކަށް ކިޔާ ފުރިހަމަ ދިގު ފިލްމެއް ކަންނަޑާގައި ނެރެފައިވެއެވެ.

މި ފިލްމަކީ ބެންގަލޫރުގެ ކައިރީގައިވާ ސިއްދެހަލީގެ އެސް. ނަރަސިންހަ މޫރުތީ އާއި ގްރެފިކް ޑިޒައިނަރު ނުތަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ވާހަކައާއި، މަންޒަރުތަކާއި، މަންޒަރުތަކުގައި ފެންނަ މީހުންނާއި، އަޑުތަކާއި، ލަވަތައް ހިމެނޭގޮތަށް މުޅި ފިލްމް އުފައްދާފައިވަނީ އޭއައި ޓޫލްސް ބޭނުންކޮށްގެންނެވެ.

މި ފިލްމް 10 ލައްކަ ރުޕީޒް ހަރަދުކޮށްފައިވާއިރު ފިލްމު ނިންމުމަށް، 6 މަސްދުވަހުގެ ހޭދަކުރިއެވެ. ފިލްމުގެ ދިގު މިނަކީ 95 މިނެޓެވެ. މި ފިލްމަށް ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) އިން ޔޫ/އޭ ސެޓްފިކެޓް ދީފައިވެއެވެ. އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ 30 އަށްވުރެ ގިނަ އެކި އޭއައި ޓޫލްސް ބޭނުން ކުރުމަށް ލައިސަންސް ހޯދުމަށެވެ.

ފިލްމްގައި 12 އޮރިޖިނަލް ލަވަ ހިމެނިފައިވާއިރު، ލަވަތަކުގެ ލީރިކްސް މޫރުތީ ލިޔުނު ނަމަވެސް، ބާކީ ހުރިހާ ކަމެއް ކޮށްފައިވަނީ އޭއައި ޓޫލްސް ބޭނުންކޮށްގެންނެވެ.

ދުނިޔޭގެ ފުރަތަމަ އޭއައި ފުރިހަމަ ކުރު ފިލްމަކީ 2024 ގައި ނެރެފައިވާ "ވެއާ ދަ ރޮބޮޓްސް ގްރޯ" އެވެ. 

ނަރަސިންހަ މޫރުތީ މިހާރު ދެ ފިލްމެއް އިތުރަށް އުފެއްދުމަށް މަސައްކަތް ކުރަމުން ދެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ބެންގަލޫރުގައި މަޝްހޫރު "ކެމްޕެ ގޯޑާ"ގެ ވާހަކަ އާއި އަނެއް ފިލްމަކީ "އިމަޑި ޕުލިކެޝީ" ގެ ވާހަކައެވެ. 

ނުތަން ފާހަގަކޮށްފައިވާ ގޮތުގައި މި ފިލްމް އުފައްދަން ބޭނުން ކުރި އޭއައި ޓޫލްސްތައް ވަނީ އައުޓްޑޭޓެޑް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް