ads
ދުވާފަރުން ހައްޔަރުކުރި ބިދޭސީން މާލެ ގެންނަން ގެންދަނީ
ދުވާފަރުން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފި
ދުވާފަރުން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހޯދުމަށް އިއްޔެ ރ ދުވާފަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. 

އިމިގްރޭޝަން ބުނީ ރ ދުވާފަރުގައި ހިނގި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:00 އިން ހަވީރު 5:45 އަށްކަމަށެވެ. އަދި މި ރެއިޑް އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި އޭގެތެރެއިން 51 ބިދޭސީއެއް ހައްޔަރުކޮށްފައިވާކަމަށް  އިމިގްރޭޝަނުން ވަނީ ބުނެފައެވެ. 

ބިދޭސީންގެ މައްސަލަ ހައްކުކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެތެރެއިން 65،000 މީހުންނަކީ މާލޭ ސަރައްހަދުން އެއްކުރެވިފައިވާ މައުުލޫމާތުކަމަށް މިނިސްޓްރީން ބުނެއެވެ.  

ހޯމް މިނިސްޓްރީން ބުނީ މި ސަރުކާރު އައިފަހުން މިހާތަނަށް ރާއްޖެއިން ޑީޕޯޓްކުރި ބިދޭސީންގެ އަދަދަކީ 6750 ކަމަށެވެ. މިއީ ކުރީގެ ސަރުކާރުގައި ޑީޕޯޓްކުރި އަދަދަށްވުރެ ގިނަ އަދަދެކެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް