ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު
ގާނޫނީ ބަހުސެއް ނެތުމުން އާޒިމާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މާލޭ މޭޔަރުކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރު، ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ، އެކަށީގެންވާ ގާނޫނީ ސަބަބެއް ނެތުމުން ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

މިއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލައެވެ. 

އެކަމަކު އޭރު އެ ހުކުމް އާޒިމާގެ މައްޗަށް އިއްވީ އޭނާގެ ގައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގައި އެވެ.

ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ޑިމިނިޝިން މުޝަރަކާއަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އިއްވި އެ ހުކުމްގައި އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ބުނެފައިވެ އެވެ.

ގައިރު ހާޒިރުގައި އެ ހުކުމް ކުރުމުން، އާޒިމާ އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައި ނުގަތުމުން އަލުން ސިވިލް ކޯޓަށް ހުކުމް ރިވިއުކުރުމަށް އާޒިމާ ހުށަހެޅުއްވީ އެވެ.

އެ ހުކުމް ރިވިއު ކުރުމަށް ފަހު، އަލުން އިއްވި ހުކުމުގައިވަނީ ގައިރު ހާޒިރުގައި ކުރި ހުކުމް ބާތިލުކޮށްފަ އެވެ. އެކަމަކު އަލުންވަނީ 4.2 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އާޒިމާއަށް އެންގި އެވެ. އާޒިމާ ހައިކޯޓަށް އަލުން މި މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލައިގައި އެކަށީގެންވާ ގާނޫނީ ބަހުސެއް ނެތުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް