ads
އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން (ފޮޓޯ ފަޔާޒު މޫސާ، މިހާރު)
އެފްއޭއެމް ކޮންގްރެސްގައި ހުރިހާ ޒޯނުތަކަށް ތަމްސީލުކުރުމުގެ ހައްގު ދިނުމަށް ގޮވާލައިފި
އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ރާއްޖޭގެ ނުވަ ޒޯނަށް ތަމްސީލުކުރުމުގެ ހައްގު ދިނުމަށް، ސޭވް އެފްއޭއެމްގެ ނަމުގައި ހިންގާ ހަރަކާތުން އިއްޔެ ގޮވާލައިފި އެވެ.
Advertisement

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމްކުރުމަށް ކެމްޕޭނެއް ފަށައިގެން ހިންގާ މި ހަރަކާތުން މި ގޮވާލުން އައީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ ބައްދަލުކުރުމަށްފަހު އެވެ.

ސޭވް އެފްއޭއެމުން ފާހަގަކުރާ ގޮތުގައި 2016 ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ކޮންގްރެސްގައި 44 މަންދޫބުން ތަމްސީލުކުރަން ޖެހެ އެވެ. ނަމަވެސް 2020 ވަނަ އަހަރު ޖުލައި މަހު ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދުގެ ދިވެހި ކޮޕީއަށް ބަދަލުގެނެސް "އިންޓަރެސްޓް ގުރޫޕްތައް" އުފެއްދުމުގެ މާއްދާ އުވާލި ކަމަށް ސޭވް އެފްއޭއެމްއިން ބުނެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލް ވިދާޅުވީ، ދިވެހި ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ފީފާގެ ކުރިމަތީގައި ސައްހަ ގަވާއިދަކީ އިނގިރޭސި ގަވާއިދު ކަމަށެވެ.

ފުޓްބޯޅައިގެ މައްސަލަތަކަށް ފާޑުވިދާޅުވެ ލިޔުންތައް ލިޔުއްވާ ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ، ޖުލައި 2020 ގައި ފާސްކުރި އަސާސީ ގަވާއިދުގެ އިނގިރޭސި ތަރުޖަމާގައި ހަމަ ސާފުކޮށް ބުނެފައިވާ ކަމަށެވެ. ރާއްޖޭގެ ނުވަ ޒޯނުގެ ރެޕްރެޒެންޓުން ކޮންގްރެސްގައި ތިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް އަންނަ މަހު ކޮންގްރެސްއެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކޮންގްރެސްގައިވެސް ނުވަ ޒޯނުގެ ރެޕްރެޒެންޓުން ބައިވެރިކުރަންޖެހޭނެ ކަމަށް ސޭވް އެފްއޭއެމުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް