'މޭ ޑޭ' ގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއް މޭމަހުގެ އެއްވަނަ ދުވަހެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އެ ޕާޓީއަކީ މަސައްކަތްތެރީންނަށް އެ އިރެއްގައި ދަތިވެފައި އޮންނަ ހައްގުތައް ހޯދައިދޭން އަބަދުވެސް މަސައްކަތްކުރާ ޕާޓީއެެއް ކަމަށެވެ.
އެމްޑީޕީން ބުނީ އެގޮތުން 'މޭ ޑޭ' ގައި މާލޭގައި ބޮޑު އެއްވުމެެއް ބާއްވަން ނިންމާފައިވާކަމަށެވެ. މި އެއްވުން ފެށޭނީ އެދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުންނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެހެންކަމުން އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އޭގައި ބައިވެރިވާން އެޕާޓިން ވަނީ އެދިފައެވެ.
ކޮންމެ އަހަރެއްގެ 'މޭ ޑޭ' އާ ދިމާކޮށް އެމްޑީޕީން އަންނަނީ ބޮޑު އެއްވުމެއް ބާއްވަމުންނެވެ.