ads
ރައީސް ނަޝީދު އަދި އަމީން ފައިސަލް
ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮބައިކަން ޑިމޮކްރެޓްސް އިން ކިޔައިދީފި
ދަ ޑިމޮކްރެޓްސް ޕާޓީން "ބިރަކާ ނުލައި މަޖާކުރުމަކީ" ކޮބައިކަން ކިޔައިދީފިއެވެ.
Advertisement

އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިރަކާ ނުލައި މަޖާކުރުމަކީ ކޮބައިކަން ކިޔައިދެއްވީ ކުރީގެ ޑިފެންސް މިިނިސްޓަރު އަމީން ފައިސަލްއެވެ. 

ބިރަކާ ނުލައި މަޖާކުރުމަކީ ރައީސް މުހައްމަދު ނަޝީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުންކުރެއްވި މޮޓޯއެކެވެ. 

އަމީން ފައިސަލް މިހެން ވިދާޅުވެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ގ. ފެންޓޯނިއާ ގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާއި، ގުޅުވައިގެން މިކަން އެހެން ހިނގަނީ "ބިރަކާ ނުލައި މަޖާކުރަން" ބުނި މީހުންގެ ސަބަބުންކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީއެވެ. 

އަމީން ފައިސަލް ވިދާޅުވީ "ބިރަކާ ނުލައި މަޖާކުރުމަކީ ޑިކްޓޭރަރުން ބިރުގަންނަ" ބަހެއްކަމަށެވެ. 

"މުއިއްޒު އެބަ ބިރުފުޅުގަނޭ ޒުވާނުން އަޑުއުފުލާތީ. ދެރަކަމަކީ ރައީސް މުއިއްޒު ނެންގެވީ އޭގެ ނުބައި މާނައެއް. ކުރީގަ އެމްޑީޕީގަ ރައީސް ނަޝީދު ވެސް ހުންނަވައިގެން 'ބިރަކާ ނުލާ' އެ ބަސް ނޫނީ އެ މޯޓޯ އަޅުގަނޑުމެން ހިފައިގެން ނުކުތީ އޭރުގެ ޒުވާނުންނަށް ކަންކަމުގަ ކެރިގެން ނުކުތުމަށް މަގުފަހިކޮށްދޭން،" ކަމަށް އަމީން ފައިސަލް ވިދާޅުވިއެވެ.

އަމީން ފައިސަލް ވިދާޅުވީ ބިރަކާ ނުލައި މަޖާކުރުމުގެ މޮޓޯގެ ދަށުން އޭރު ފުވައްމުލަކުގައި ޑައިވިން އިވެންޓެއް ބޭއްވިކަމަށެވެ. މިހާރު ފުވައްމުލަށް ޑައިވިން ހޮޓް ސްޕޮޓަކަށް މުޅި ދުނިޔޭގައިވެސް ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

14%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް