ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހޯމް މިނިސްޓަރު އަލީ އިހްސާން
އިސްތިއުފާދޭންޖެހޭ ވަރުކަމެއް ހިނގައިގެން ނޫޅޭ: އިހްސާން
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ޒުވާނުން އިސްތިއުފާއަށް ގޮވި ނަމަވެސް އިސްތިއުފާދޭންޖެހޭކަށް ގަބޫލު ނުކުރައްވާކަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ޒުވާނުންގެ މުޒާހަރާތަކާއި ގުޅިގެން މީޑިއާއަކާއި ވާހަލަ ދައްކަވަމުން  އިހުސާން ވިދާޅުވީ، ޒުވާނުންގެ ޑިމާންޑުތަކާމެދު ގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އަދި އަމިއްލަފުޅަށް ގަބޫމުކުރައްވާ ގޮތުން އިސްތިއުފާދޭންޖެހޭ ވަރު ކަމެއް ނުހިނގާކަމަށް އިހްސާން ވިދާޅުވިއެވެ.

"އަޅުގަނޑު އަނެއްހެން ގަބޫލެއް ނުކުރަން އަޅުގަނޑު އިސްތިއުފާދޭން ޖެހޭ ވަރު ކަމެއް ވެގެން އުޅޭ ކަމަކަށެއް. ހާއްސަކޮށް މި ކޭސްއާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން އިސްތިއުފާއަށް ގޮވަނީތާ. އެކަމު ކޮން ކަމެއް ވެގެންކަން އިސްތިއުފާދޭން ޖެހެނީ. އޭގެ ރީޒަނަބަލް ޖަސްޓިފިކޭޝަނެއް އަދިޔެއް ދީފައެއް ނެތް،" މީޑިިއާއަކާއި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ހާދިސާ އިންސާފުވެރި ތަހުގީގެއް ހިންގާދިނުމަށް ގޮވާލާ ޒުވާނުން އަންނަނީ މުޒާހަރާކުރަމުންނެވެ. ޒުވާނުންގެ މުޒާހަރާތަކަށް 3 ރޭ ވެފައިވާއިރު އެ ޒުވާނުން ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. 

ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާއި އެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލާ ހައްޔަރުކޮށް އޭނށާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ. އަދި ޔުމްނު ވެއްޓުނު ރޭ ޒިލާލާ ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާކަމަށް ފުލުހުން މިހާރު ވަނީ ބުނެފަ އެވެ. 

ފުލުހުން މީގެ ކުރިން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.

9%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް