މުލީ އެއާޕޯޓަށް މިމަހުގެ 25ގައި ވަނީ ޓެސްތޓް ފްލައިްޓް ޖައްސާފައެވެ.
މުލީ އެއާޕޯޓް ހުޅުވަންވާއިރަށް އެތަނުގައި ކެފޭ ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓުން ވަނީ ފަށާފައެވެ.
މ. މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.