އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި މި މައްސަލައިގެ އަޑުއެހުންތައްވަނީ ބާއްވާފައެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ބެންޗުގައި ހިމެނެނީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް އަނިޔާވެރި ގޮތަކަށް މަރާލީ ޖުލައި 31، 2017ގަ އެވެ. ފަހުން ރިޕޯޓްތައް ބުނި ގޮތުގައި އަނަސްއަށް ހަމަލާދިނީ، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެންނެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެއީ، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އަދި، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ
މި މައްސަލައިގައި މިދިޔަ އަހަރު، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އެކެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ހައިކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރާށެވެ.