ފުލުހުން ބުނީ ރަސްފަންނު ގޮނޑުދޮށުގައި އިންޖީނު ތެޔޮ ހުރެގެން އެކަން ބަލަމުން އަންނަކަމަސެވެ. އަދި ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން އެކަން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ޔެތި އޮތް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރަސްފަންނު ސަރަހައްދު މޫދުގައި ތެޔޮ ހުރުމުން އެ ސަރަހްއަދަށް މޫދަށް އެރޭ ފަރާތްތަކުން މި ދުވަސްވަރު އެތަނަށް މޫދަށް ނޭރުމަށާއި މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް މިދުވަސްވަރު ނުހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.