ads
ހަފުތާއަކަށް ދެމިގެންދާ ފެސްޓިވަލެއް އެޗްޑީސީން ބާއްވަނީ
ހުޅުމާލެ އާބާދުވިތާ 21 އަހަރު: ހަފުތާއަކަށް ދެމިގެންދާ ފެސްޓިވަލެއް އެޗްޑީސީން ބާއްވަނީ
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް "މައި ހުޅުމާލެ ފެސްޓިވަލް" ގެ ނަމުގައި ހަފުތާއަކަށް ދެމިގެންދާ ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
Advertisement

މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނީއެވެ. މީގެ ތެރޭގައި ފޮޓޯގްރަފީ ކޮމްޕެޓިޝަން، ފެމިލީ ކާނިވަލް، ހުޅުމާލެ ޑިސްކައުންޓް ވީކް، ހެލްތް ކޭމްޕް، ހުޅުމާލެ ސްޓޯރީ ފޮޓޯ ވޯކް، މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް އަދި ބީޗް ފެސްޓް ފަދަ ހަރަކާތްތައް ހިމެނެއެވެ.

ހުޅުމާލޭގައި މީހުން އާބާދުވާން ފެށިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި ފެސްޓިވަލްގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ތަރައްގީ ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފެސްޓިވަލްގެ ހަރަކާތްތަކުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް