ads
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރަން ނަން ފޮނުވާފައިވާ އައިޝަތު އަސްނާ ހަމްދީ
މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާގެ ނަން
މަރުކަޒީ ބޭންކު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖައްސަން ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
Advertisement

މިއަދުގެ މަޖލީހުގައި އަސްނާާގެ ނަން ހުށައެޅުމުން އެ ނަން ދިރާސާކުރުމަށް ކަމާއި ގުޅޭ މާލިއްޔަތު ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

މަރުކަޒީ ބޭންކުގެ ދެވަނަ އަށް އެންމެ އިސް މަގާމަށް އައްޔަންކުރަން ނަން ފޮނުވާފައިވާ އަސްނާ ވަނީ އެމްއެމްއޭގައި މަސައްކަތްކުރާ 15 އަހަރު ވެފައެވެ. އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަރާއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި މިދިޔަ މާރިޗުމަހުގެ 17 ވަނަދުވަހު އިސްތިއުފާދެއްވުމުންނެވެ. އިމާދު މަގާމުން އިސްތިފާދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާ އެ މައްސަލަ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. 

އިމާދު އިސްތިއުފާދެއްވާ ނެރުއްވި ބަޔާނުގައިވަނީ އެ ނިންމުން ނިންމީ މި ފަހުން، އެމްއެމްއޭ އިން ނިންމާފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް