އެ ކުންފުނިން ބުނީ މުވައްޒަފުން ހޯދަނީ ހަ ރަށެއްގެ ސައިޓަށްކަމަށެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަދުވަހު ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން އާރުޑީސީން ވަނީ އެދިފައެވެ.
އާރުޑީސީ މުވައްޒަފުން ހޯދާ ރަށްތަކާއި ބޭނުންވާ އަދަދުތައް
- ހއ. އުލިގަން / 50 މަުވައްޒަފުން
- އއ. ރަސްދޫ / 50 މުވައްޒަފުން
- ޅ. ނައިފަރު / 12 މުވައްޒަފުން
- ކ. ކާށިދޫ / 24 މުވައްޒަފުން
- ޅ. ހިންނަވަރު / 1 މުވައްޒަފު
- ތ. މަޑިފުށި 13 މުވައްޒަފުން
ހުޅުވާލާފައިވަނީ މެނޭޖަރުންނާއި ކޮންޓްރެކްޓަރުންނާއި އޮފިސަރުންގެ މަގާމުތަކަށެވެ. މި މަގާމުތަކަށް ލިބޭ މުސާރައިގެ އިތުރުން ސާވިސް އެލަވަންސާއި އެޓެންޑްސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 30 އިންސައްތަ ލިބެެއެވެ. މީގެއިތުރުން ފިކްސްޑް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 25 އިންސައްތަ އަދި ލިވިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 450 ރުފިޔާ ލިބެެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެކަމަށްވެސް އާރުޑީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;