ads
އޭޖީ އަހުމަދު އުޝާމް:
އިޒްރޭލުން އދ ގެ ޖަމާއަތެއް ރޫޅައިލަން އުޅޭކަމަށް ދިވެހިރާއްޖެއިން ބުނެފި
ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބަލަމުންދާ މައްސަލާގައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާންދެއްވަމުން، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ (އުންރާ) ރޫޅާލުމަށް އިޒްރޭލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ރާއްޖެއިން ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.
Advertisement

ބަންޑާރަ ނައިބްގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށެވެ.

ރާއްޖެ ތަމްސީލުކުރައްވަމުން އުޝާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑަނޭޅި ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި" ފަލަސްތީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާ، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމިއްޔާ ކަމަށްވާ އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައި، ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ ކަންބޮޑުވާކަމަށް ވިދާޅުވި،"އެވެ.

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވެސް ވަނީ ބޭރުގެ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމާއި މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް