ads
ރީކޯ މޫސަ މާފުށީގައި އޮތް އެމްޑީޕީގެ ކެންޕޭނު ޖަލްސާއެއްގައި
މި މޭޑޭގައި ފެނުނީ އެމްޑީޕީއަށް ޒިންމާ އަދާނުކުރެވުނުތަން: ރީކޯ މޫސަ
މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ މޭޑޭ ނުވަތަ މެއި އެއްވަނަ ދުވަހު ފެނިގެން ދިޔައީ، އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއަށް ފުރިހަމައަށް ޒިންމާ އަދާނުކުރެވުނު މަންޒަރުކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
Advertisement

މީސްމީޑިއާއަށް ދޫކުރެއްވި ވީޑިއޯއެއްގައި ރީކޯ މޫސަ ވަނީ، 2006 ވަނަ އަހަރުން ފެށިގެން މޭޑޭގެ ރެލީގައި އެމްޑީޕީން އަދާކުރި ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެހެންނަމަވެސް މި ފަހަރުގެ ރެލީގައި އެ މަންޒަރު ނުފެންނަކަން ފާހަގަކުރައްވައި، 2025 ވަނަ އަހަރާ ހަމައަށް އައިއިރު އެމްޑީޕީގެ ގިނަ ހަރަކާތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިންނަށް މިއަދު އޮތް ހަމައެކަނި ކަމެއްގެ ގޮތުގައި ފެންނަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުންކަމަށް ވިދާޅުވެ ރީކޯ މޫސަ ވަނީ އެ ޕާޓީގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. 

"އެމްޑީޕީގެ "ރޫހު ނެތި"، އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމެއް ނެތި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލައިގެން އެމްޑީޕީއަށް ކުރިމަތިވާނީ ނާކާމިޔާބީކަމަށް،" ރީކޯ މޫސަ ވިދާޅުވިއެވެ. މި ފަހުން ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީތަކަކީ، އެ ޕާޓީގެ މެމްބަރުންގެ ބައިވެރިވުން ނެތި ކަންކަން ކުރުމުން ލިބުނު ނާކާމިޔާބީއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ކުރިއަށް ގެންދެވޭނީ އެ ޕާޓީގެ ލީޑަރޝިޕް ބަދަލުކޮށްގެން ކަމަށް ވަނީނަމަ، ލީޑަރޝިޕް ބަދަލުކޮށްގެން ވިޔަސް ކުރީގެ އެމްޑީޕީ އަނބުރާ ގެންނަން ޖެހޭކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

މޭޑޭ ރެލީގައި އެމްޑީޕީގެ މާބޮޑު ދައުރެއް ނެތްކަމަށް ވިދާޅުވެ އެ ޕާޓީގެ ލީޑަރޝިޕަށް ފާޑުވިދާޅުވިއިރު، ރާއްޖެއަށާއި އެމްޑީޕީއަށް އަދި ދަ ޑިމޮކްރެޓްސްއަށް ވެސް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުންކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ވެސް ރީކޯ މޫސަ ފާޑުވިދާޅުވިއެވެ. މޫސަ އަންނަނީ މިފަހަކަށް އައިސް އެމްޑީޕީގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް