ads
ރައީސް މުއިއްޒުގެ ދަރިކަނބަލުން ޔަސްމިން މުހައްމަދު މުއިއްޒު އަދި ރޭ ގެ މުޒާހަރާގައި ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަދް
ރައީސްގެ އަންހެން ދަރިފުޅާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް: އާޒިމާ
ރޭ މުޒާހަރާގައި ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން ރައީސްގެ އަންހެން ދަރިފުޅާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރް ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުން ވަނީ ޒުވާނުން ކުރަމުން އައި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޭ ރުޅާލާފައެވެ. އަދި މުޒާހަރާގެ ތެރެއިން އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ.

ރޭގެ މުޒާހަރާގައި ބަޔަކު ހައްޔަރުކުރުމުން އެކަމާއި ގުޅިގެން ރައީސް މުއިއްޒުގެ ދަރިކަނބަލުން ޔަސްމިން މުހައްމަދު މުއިއްޒު ދެއްކިކަމަށް ބުނާ ވާހަކަތަކަށް އަންނަނީ ސޯޝަލް ދައުރުވަމުންނެވެ. އެވާހަކަތަކުގައި ވަނީ  ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށްކަމަށާއި މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކަށް މަލާމަތް ރައްދުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެކެވެ. 

މިކަމާއި ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ވަކީލް އާޒިމާ ޝަކޫރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރުމާ ގުޅޭ ގޮތުން ޔަސްމިން މުހައްމަދު މުއިއްޒުގެ އިންސްޓަގްރާމްގައި ވާ ޕޯސްޓެެއްކަމަށް ބުނެ ދައުރުވަމުންދާ ސްކްރީން ޝޮޓަކީ ފޭކް ސްކްރީން ޝޮޓެއްކަމަށެވެ. އަދި ދޮގު ހަބަރުތައް ނުފެތުރުމަށް ރައީސްގެ އާއިލާއިން އެދޭކަމަށް އާޒިމާ ވިދާޅުވިއެވެ. 

" އެކަމުގައި ޝާމިލުވާ ފަރާތްތަކުން ދޮގު މައުލޫމާތު ފެތުރުމާއި ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް އާއިލާއިން އެދޭ." އާޒިމާ އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

މާލޭގައި ޒުވާނުން ކުރަމުން ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރުޅާލީ މިއަދު ގިނަ އަދަދެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަން ދާންޖެހޭތީކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް