
ގާތްގަޑަކަށް ދޮޅު އަަހަރެއްހާ ދުވަސް ނޫސްވެރިންނައުި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްްކަމަށެވެ. އަދި ކަންބޮޑުވުން އޮތްކަަމަށް ފެނުނު އެއްބަސްވުންކަމަށްވާ ހައިޑްރޯގްރަފީ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށެވެ.
އެހެންމަވެސް ފަހުން ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދެން ހުރި އެއްބަސްވުންތަކުގައި ހުރިކަންކަން މިހާރު އިސްލާހުކޮށްފައިވާކަމަށާއި އެހެންކަމުން ކަންބޮޑުވުމެއް ނެތްކަމަށެވެ.
މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައްކަށް ބަދަލު ގެންނެވިކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ގެނައި ބަދަލުތައް އަދި އެނގިފައި ނުވާކަމަށެވެ. އަދި ގެނައި ބަދަލުތައް މަޖިލީހުގެ ކޮމެޓީތަކަށް ހިއްސާކުރަން ޖެހޭކަމަށް އަޒާން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ހެދި އަސްކަރިއްޔާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ އެއްވެސް ކަމެއް ނެތްކަމަށް އެންމެ ފަހުން ރައީސް މުއިއްޒު އެއްބަސްވެޑައިގެންފިކަމަށް މިދިޔަ ސަރުކާރުގެ ޑިފެންްސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދަޅުވެފައެވެ. އަދި އެކަމުގައި ރައްޔިތުންނަށް އޮޅުވާލާފައިވާތީ އެކަމަށް މައާފަށް އެދެން ކެރޭނެތޯ މާރިޔާ ވަނީ ސުވާލު އުފައްދަވާފައެވެ.