ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
ބަންދުން ދޫކުރާ މީހުންނަށް ދައުވާކުރާނެ މުއްދަތުކަނޑައަޅަން ސުޕްރީމްކޯޓަށް
ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރާނެ މުއްދަތު ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
Advertisement

މިއީ ފުލުހުންގެ ބަންދުގައި ތިއްބާ ބަންދުން ދޫކޮށްލާ މީހުންގެ މައްޗަށް 45 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭއިރު، 45 ދުވަސް ގުނާނެ ގޮތެއް މާނަ ކުރުމަށް ހުށަހެޅި މައްސަލައެކެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ފުލުހުންގެ ބަންދުން ދޫކޮށްލާ މީހުންނަށް ދައުވާ ކުރުމުގައި ދައުލަތުން މުއްދަތު ގުނި ގޮތުން ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ދެމީހެއްގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމަށް ހައިކޯޓުން ތާއިދު ކުރުމުންނެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ މުއްދަތު ގުނާނެ ގޮތަކާއި މެދު ސުވާލު އުފެދުނީ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އޮތް ގޮތުން ކަމަށާއި، މިހާރު އެމާއްދާ އިސްލާހު ކޮށްފައި އޮތް ގޮތުން ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލައެއް ދިމާނުވާނެ ކަމަށެވެ.

ދައުލަތުން މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެ ނުކުތާއެއް އިސްތިއުނާފު ކުރިއެވެ. ފުރަތަމަ ނުކުތާއަކީ މި މައްސަލައިގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައިނުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ކަމަށް ބަޔާންކުރާ ނުކުތާއެވެ. ދެވަނަ ނުކުތާއަކީ މި ދެ މައްސަލައިގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް، ތަލުބީގުކޮށްފައި ވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އައިޝަތު ސުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް