ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ސާބިތު ނުހިފޭ ހަބަރު ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ޑރ. ޝަހީމް
ސާބިތު ނުހިފޭ ހަބަރު ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕީއެސްއެމް ނިއުސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މާތް ﷲ އިންސާނާއަށް ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ކަމަށާއި، އިސްލާމީ ޝަރީޢަތުގައި ވަރަށް މަތިވެރި 5 މަގްސަދެއް މާތް ﷲ ލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުން ކަމަށް ވިދާޅުވިއެވެ. އިންސާނާގެ ޝަހުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ހަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޕީއެސްއެމް ނިއުސްއަކީ ވަރަށް ތާޒާކަމާއެކު ވަގުތުން ވަގުތަށް ހަބަރުތައް ރައްޔިތުންނާ ހިއްސާކުރާ ޗެނަލެއްކަމަށެވެ. އަދި ޕީއެސްއެމުން ހަބަރާއި މަޢުލޫމާތު ފަތުރަމުންދަނީ މިހާރުގެ ޖީލަށް ވަރަށް ކަމުދާގޮތަށްކަމަށް ވިދާޅުވެ، ކޮންމެ މަޢުލޫމާތެއް ނުވަތަ ހަބަރެއް ގެނެސްދޭއިރު އެކަން ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް