ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރުމަށް ކުރިއަށްގެންދާ "ޕްރެސާ ވިތު ސްޕޮކްސް" ޕްރޮގްރާމްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު މިއަދު ވިދާޅުވީ އިތުރު ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ކެޕޭސިޓީ ބީއެމްއެލްގައި އެބަހުރި ކަމަށެވެ.
މުންދު ވިދާޅުވި ގޮތުގައި މިހާރު އެ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭ ހިސާބަށް މަސައްކަތް ވަނީ ގޮސްފަ އެވެ.
ބީއެމްއެލްއާ ހަވާލު ކުރެވުނު ހައުސިން ޔުނިޓްތަކުގެ ތެރެއިން އެއް ޕްރޮޖެކްޓް ފިޔަވައި ހުރިހާ ތަނެއްގެ ޑިޒައިން ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މުންދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;