ads
ރައީސް މުއިއްޒު މެލޭޝިއާގައި
މޯލްޑިވްސް 2.0: ގެ މައި 8 ތަނބު ރައީސް މުއިއްޒު ހާމަކުރައްވައިފި
ރައީސް މުހައްމަދު މުއިއްޒު ވަނީ "މޯލްޑިވްސް 2.0" ގެ ނަމުގައި ރާއްޖެ ޑިޖިޓަލް ގޮތުން ކުރިއެރުވުމަށް ކުރާމަސައްކަތުގެ 8 ތަނބުގެ މައްޗަށް ބިނާކޮށްފައިވާ އައު މައުލޫމާތުތަކެއް ރައީސް މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
Advertisement

މި މަޝްރޫއަކީ ޑިޖިޓަލް ގަވަރމަންޓް ޓީމުން ކުރިއަށް ގެންދާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރަށްތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ. ރައީސް މުއިއްޒު މި މަޝްރޫއު ތައާރަފުކުރެއްވީ އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫއުގެ 8 ތަނބުގެ ތެރޭގައި ހިމެނެނީ ޑިޖިޓަލް ގުޅުން ހަރުދަނާކުރުމާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތައް ފުޅާކުރުމާއި، ޑިޖިޓަލް ހައްގުތައް ހިމާޔަތްކުރުމާއި، ހާމަކަން ބޮޑުކުރުމާއި، އަދި ސަރުކާރުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމެވެ. މި މަޝްރޫއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރިއަށްގެންދާ ޑިޖިޓަލް ގަވަރނަންސްގެ ހަރަކާތްތަކާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާއި، ޑޭޓާ ޕްރައިވަސީއާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްގީ ގެނައުން ހިމެނެއެވެ.

"މޯލްޑިވްސް 2.0" އަކީ ކުރިއަށްއޮތް 3 އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެކި ދާއިރާތަކުން އިންގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމަށާއި، އައިސީޓީ ނިޒާމުތައް ތަރައްގީކުރުމަށާއި، ޑިޖިޓަލް ޒަމާނަކަށްފެތޭ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިމަހުގެ 9 ވަނަ ދުވަހު މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް