ads
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޕޮލްކޯގެ ކޮރަޕްޝަން: އޭސީސީގެ ތަހުގީގާ ގުޅޭ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި
ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ އިސްވެރިން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފިއެވެ.
Advertisement

މިއަދު ހަވީރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އެ ބައްދަލުވުން ސިއްރުކުރަން ނިންމީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރާތީ، އެ ކޮމިޓީގެ ބައްދަލުވުމުގައި އޮބްޒަވަރުންގެ ގޮތުގައި އޭސީސީގެ ދެ މުވައްޒަފުން ބައިވެރިވާތީ ކަމަށެވެ.

ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވެއެވެ. މިދިޔަ ހަފްތާގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުލުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމާފައެވެ.

ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް އަދި މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެއެވެ. ޖޫން 2013 ގައި ފެށި މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި ނިންމަން ނޫމަޑި ކުންފުންޏާއެވެ. އެކަމަކު ފަހުން އެހެން ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ނިމުނުއިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން އޮޑިޓުން ހާމަވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް