ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން 2025 ގެ ތެރެއިން
އައިޔޫއެމްއިން އަލަށް ދެ ކޯހެއް ތައާރަފުކޮށް 69 ކޯހަކަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން މިއަހަރުގެ އޮގަސްޓް އިންޓޭކަށް ޖުމްލަ 69 ކޯހަކަށް ހުޅުވާލައިފިއެވެ.
Advertisement

މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރާ ދެ ކޯހެއް ކަމަށްވާ މާސްޓަރސް އޮފް ޓީޗިންގް އިން ހަޔަރ އެޑިއުކޭޝަން އަދި 10 ގިރާއަތުން އީޖާޒާ ދިނުމުގެ ކޯސް ހިމެނެއެވެ.

މިއަހަރުގެ އޮގަސްޓް އިންޓޭކްގައި ހިމެނޭ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓަރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ. މި ކޯސްތަކަކީ ގުރުއާނާއި ހަދީސް، ޝަރީއާ އެންޑް ލޯ، ފިގުހު، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ ދާއިރާތަކުން ހިންގާ ކޯސްތަކެކެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ، ޔުނިވަރސިޓީން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތުގައި ޔުނިވަރސިޓީއަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ޝައުގުވެރިކަން އިތުރުކުރުމަށް ކަމަށެވެ. މި ކޯސްތައް މާލޭ ސިޓީގެ އިތުރުން ރ.އުގޫފާރު، ޅ.ނައިފަރު، ލ.ފޮނަދޫ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ މީދޫގައި ގާއިމުކޮށްފައިވާ ލާރނިންގ ސެންޓަރުތަކުގައި ކުރިއަށްގެންދާނެއެވެ. ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ކޯސްތަކެކެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް