ads
މިހާރު ކުރަމުންދާ ވިއްސާރާގައި ގަހެއް ވެއްޓިފައި
ސޯސަންމަގުގައި ހުރި ގަހެއް ވެއްޓި ސައިކަލްތައް ހަލާކު
ސޯސަންމަގުގައި ހުރި ގަހެއް ވެއްޓި މަގުގައި ހުރި ވެހިކަލްތައް ހަލާކުވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް މަގުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ވަނީ ގެއްލުން ލިބިފައިކަމަށް ފުލުހުން ބުނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ދަނީ ވިއްސާރަކުރަމުންނެވެ. މެޓް އޮފީހުން ބުނީ މާދަމާގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށެވެ. އަދި ވިއްސާރައިގެ އިތުރުން ވިލާގަނޑުގައި ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

ފުލުހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ބެލްކަނިތަކާއި ފުރާޅުމަތީގައި ހުރި ތަކެތި ރަނގަޅަށް ހަރުކޮށް، އެއްޗެހި ނުވެއްޓޭނެ ގޮތަށް ބެހެއްޓުންމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް