ads
މިއަދާ މިރޭ ވަރަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް އޮފީސް
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި މިއަދާއި މިރޭ ވަރަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

މިހާރު ކުރަމުން އަންނަ ވިއްސާރަގައި މުޅި ރާއްޖެއަށް މެޓް އިން ވަނީ އެލާތް ނެރެފައެވެ. އަދި މެދު ރާއްޖެތެރެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. 

މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއްކަމަށެވެ. އެެގޮތުން ދެކުނުގައި އުފެދޭ ވިއްސާރަ ވިލާތައް އަތޮޅުތަކަށް އަރަމުންދާކަން މެޓް އޮފީހުން ބުނެއެވެ. 

މެޓް އޮފީހުން ބުނީ އެންމެ މޫސުން ގޯސްވާނީ މިއަދާއި މިރޭކަމަށެވެ. އަދި މާދަމާވެސް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް ހަފްތާ ބަންދުގައި މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ. 

މެޓް އޮފީހުން ބުނީ މިހާރު ކުރަމުން ދާ ވިއްސާރާގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަވެ ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެހެންކަމުން ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް