ads
ބަންޑާރަ ނައިބު އަހްމަަދު އުޝާމް
މިދިޔަ މަހު ބަންޑާރަނައިބު އޮފީހުން މުހިންމު 4 ބިލެއް ރައީސް އޮފީހަށް ފޮނުވި
މިދިޔަ މަހު ބަންޑާރަނައިބު އޮފީހުން މުހިންމު 4 ބިލެއްގެ މަސައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވެއެވެ.
Advertisement

މި ބިލުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ބިލާއި، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާގުޅޭ ބިލާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ބަންޑާރަނައިބު އޮފީހުން ފޮނުވި ބިލުތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު 27 އެޕްރީލް 2025 ގައި ރައީސް އޮފީހަށް ފޮނުވާފައިވާއިރު، މިހާރު އެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. އަދި 15 އެޕްރީލް 2025 ގައި ފޮނުވުނު ބޯހިޔާވަހިކަމުގެ ބިލުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. އޭގެ އިތުރުން 22 އެޕްރީލް 2025 ގައި ފޮނުވުނު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލުގެ ތެރެއިން، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

ބަންޑާރަނައިބު އޮފީހުގެ ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަނުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައި، އެ އެޖެންޑާގެ ދަށުން ތައްޔާރުކުރަންޖެހޭ ބިލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. މީގެ އިތުރުން ގާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ގާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ގާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް މަޝްވަރާދިނުމުގެ މަސައްކަތްވެސް މި ޑިވިޜަނުން ކުރަމުން ގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް