ސްޓެލްކޯއިން މައުލޫމާތު ދިންގޮތުގައި ކާށިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފޮނުވީ 500 ކިލޮވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ.
ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ޖަނަރޭޓަރު ސެޓާއެކު، ކާށިދޫގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2562 ކިލޮވޮޓަށް އިތުރުކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފުޅާކޮށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ކާށިދޫއަށް ފޮނުވި މި ޖަނަރޭޓަރަކީ އެ ރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.